އުޑުގައި ޖެހިފައި ބިމުގައި ޖެހުނު ނަމަވެސް އެމަނިކުފާނާއި ދެކޮޅަށް ދެއްކޭނެ ކަމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ގައުމުގައި އަބަދާ އަބަދު ކުރީގައި އޮތް ބަދަލު ހިފުމުގެ ރޫހު އަލުން އިޔާދަކޮށް އެ ނޭންގާނީ ސިފަތަކުގެ ތެރޭގައި ތާށިވެތިބެ މުސްތަޤްބަލު ބަނަކޮށްލުމުގެ ފުރުސަތު އިދިކޮޅަށް ދޭނެ ކަމެއް ނެތް ކަމަށެވެ. އެއީ މި ގައުމަށް ހައްގު މިންވަރު ނޫން ކަމަށް ވިދާޅުވިއެވެ. އަބަދަކު ދެތިން މީހަކު ބޭނުންވާހާ ގޮތަކަށް މުސްތަޤްބަލު ބަދަލުކުރަން މަސައްކަތް ކުރަން ނުޖެހޭނެ ކަަމަށް ވިދާޅުވިއެވެ.
" ރައްޖޭގައި ތަރައްގީގެ ކަންކަން ކުރާނެކަން އިނގޭތީ އެކި ކަހަލަ ވާހަކަތައް ދައްކަމުން ދަނީ. އެކި ކަހަލަ ދޮގު ހަދަމުން ދަނީ. އަޅުގަނޑު ބޮލުގައި ދޮގު އަޅުވަން އުޅެ، އެޅުވޭ ގޮތެއް ނުވޭ. އަޅުގަނޑަކީ ވައުދެއް ވެއްޖިއްޔާ ތެދުބަހުންނާއި އަމާނަތްތެރިކަމާއެކުގައި ފުއްދާ މީހެއްކަން ރައްޔިތުން ގަބޫލުކުރޭ. ސަރުކާރަށް ފުރިހަމަ ބާރު އޮވެގެން ނިންމޭނެހާ ހުރިހާ ކަމެއް ނިންމާފައި އެ ވަނީ ވޭދުވެދިޔަ ފަސް މަހުގެ ތެރޭގައި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ ކުރިން އެމަނިކުފާނު މާލޭ މޭޔަރު ކަމަށް ކުރިމަތިލެއްވި އިންތިހާބުގައި ވެސް ފަހު ވަގުތު ގޮތް ހުސްވުމުން އިދިކޮޅު ފަރާތްތަކުން އެމަނިކުފާނުގެ އަބުރު ކަތިލެއްލެވި ކަމަށެވެ.
ނަމަވެސް މާލޭގެ ރައްޔިތުން އެކަން ގަބޫލެއް ނުކުރި ކަމަށެވެ. އެމަނިކުފާނު ގެންގޮސް އެކި ކަހަލަ މައްސަލަތުގައި ސުވާލުކޮށް ޝަރީއަތްކޮށް ކަންތައް ކުރި ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ސާބުތެއް ނުވި ކަަމަށް ވިދާޅުވިއެވެ. ރިޔާސީ އިންތިހާބުގައި ވެސް އެކި ކަހަލަ ވާހަކަދައްކައިގެން ރައްޔިތުން ގަބޫލުނުކުރީމަ ބުހުތާނު ދޮގު ހަދައިގެން އަގު ވަށްޓާލަން އިދިކޮޅުން މަސަައްކަތް ކުރި ކަމަށް ރައީސް ވިދާޅުވިއެވެ.
އިދިކޮޅުން އަބަދުވެސް ކިޔަމުންދަނީ އެއް ލަވައެއް ކަމަށާއި ގާނޫނާއި ގަވައިދާ ހިލާފަށް އޭރުގައި ވެސް އަދި މިއަދު ވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާގައި ވެސް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވެވިއެވެ.
" އަޅުގަނޑަކީ ރައްޔިތުންގެ ހައްޤުގައި ޖެހޭނެ މީހެއްނޫން. ރައްޔިތުންގެ މުދަލުގައި ޖެހޭނެ މީހެއް ނޫން. ރައްޔިތުންގެ ފައިސާގައި ޖެހޭނެ މީހެއް ނޫން. އަޅުގަނޑަށް މާ މުހިންމު މާތް ﷲ ގެ ކިބައިން އެކަލާންގެ ފުއްސެވުމާއި ރުއްސެވުން ލިބުން. އުޑުގައި ޖެހިފައި ބިމުގައި ޖެހުނަސް އަޅުގަނޑާ ދެކޮޅަށް ދެއްކޭނެ ކަމެއް ނޯންނާނެ. އެހެންވީމަ ކުރިއަަށް ވަޑައިގަންނަވާ.
ރައީސް ވަނީ އެމަނިކުފާނުގެ އެކައުންޓަށް ފައިސާ ވަންކަމަށް ބުނެ އިދިކޮޅުން ދައުރުކުރަމުންދާ ވާހަކަތަކުގެ ހަގީގަތް ވެސް ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ އޭގައި އޮތީ އެމަނިކުފާނުގެ ރޯ ހައުސްން ކުއްޔަށް ދިނީސް ސުރެ ނަގަމުންދާ ކުލީގެ ރިޕޯޓްކަމަށެވެ. ނަމަވެސް އިދިކޮޅުން ސިޔާސީ ބޭނުމަށް އެއީ އިންޓަލިޖެންސް ރިޕޯޓެއްކަމަށް ބުނެ ދައުރުކުރަމުންދާ ކަމަށެވެ.
އެމަނިކުފާނަކީ އިދިކޮޅުން ބުނަމުންދާ ފަދަ ކަމެއް ކުރި މީހެއް ނޫން ކަމަށް ވިދާޅުވިއެވެ. އަދި ދުވަހަކުވެސް ގާނޫނާއި ހިލާފުކަމެއް އަދި ރައްޔިތުންނަށް ދެރަ ލިބޭނެކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން ރައީސް ވިދާޅުވީ ރައްޔިތުންގެ ބޮޑު އަޤްލަބިއްޔަތަކުން ކުރީގައި ދިޔަ މިސްރާބު ކަމު ނުގޮސްގެން ދިވެހިންގެ އަތް މައްޗަށް ރާއްޖޭގެ މިސްރާބު ގެނެސްފައި އޮއްވާ އެކަން ކުރަން ފަށާފައި އޮތް ސަރުކާރެއް އަނެއްކާ ވެސް އެކި ކަހަލަ ހަމަނުޖެހުމުގެ ތެރެއިން ބަދަލު ކުރުމާ އަޒުލު ކުރުމާއި އެފަދަ ވާހަކަތައް އިދިކޮޅަށް ކެތް ނުވެގެން ފާޅުގައި ދައްކަމުންދާ ކަމަށެވެ.
ސަރުކާރު ޖަވާބުދާރީ ކުރަން ޖެހޭނެ ކަމަށާއި ނަމަވެސް ޖަވާބުދާރީ ކުރުން އިދިކޮޅުން މާނަކުރަނީ ސަރުކާރު ވަށްޓާލުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ގާނޫނީ ހަމަތަކުގެ މަތިން ފަސް އަހަރުން ފަސް އަހަރުން ވޯޓުލައި ސަރުކާރު ބަދަލުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެއްވެސް ކޮމެންޓެއް ނެތް