ދިވެހިން ބޭނުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުފަދަ ބަހާއި ޢަމަލު ދިމާވާ ލީޑަރުން ކަމަށް ރައީސް މުއއިްޒުގެ ހާއްސަ އެޑުވައިޒަރ އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދަށު ކޮޓުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލް ކުރުމާއި ގުޅިގެން އަބްދުއްރަހީމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހީންގެ ރާއްޖޭގައި ސަރުކާރުން ޝަރީޢަތަށް ނުފޫޒު ނުފޯރުވާނެކަން ސާބިތުކޮށް ދެއްވައިފިކަމަށެވެ. ދިވެހީންގެ ރާއްޖޭގައި ހަމަ ކޮންމެ މީހަކަށްވެސް ތަފާތު ކުރުމެއްނެތި ޢަދުލު އިންޞާފު ލިބޭނެކަން ރައީސް މުއިއްޒު ކަށަވަރުކޮށް ދެއްވައިފި ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޝަރުޢީ ދާއިރާ އަކީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަންކަމާއެކު ޝަރީޢަތް ކުރުމުގެ ފުރުޞަތު އޮތް ދާއިރާއެއްކަން ރައީސް މުއިއްޒު ޔަގީންކޮށް ދެއްވައިފި ކަމަށާއި، ދިވެހީން ބޭނުންވަނީ ރައީސް މުއިއްޒު ފަދަ ބަހާ ޢަމަލާ ދިމާވާ ވެރިން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެއްވެސް ކޮމެންޓެއް ނެތް